ތެރަޕިއުޓިކް ދާއިރާއިން ކިޔަވަން އެމްޓީސީސީ އިން ދެ ސްޕޮންސާޝިޕް

-- ފޮޓޯ: އެމްޓީސީސީ

ތެރަޕިއުޓިކް ދާއިރާ އިން މީހުން ބިނާ ކުރުމަށް އެމްޓީސީސީ އިން ދެ ދަރިވަރަކު ސްޕޮންސާ ކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް ނަސީމް އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕޮންސާ ކުރާ ދަރިވަރުން ތައުލީމް ހާސިލްކުރާނީ އިންޑިއާގެ އިންސްޓިޓިއުޝަން ތަކުންނެވެ.

ތެރަޕިއުޓިކް ދާއިރާ އިން ތައުލީމި ހާސިލުކުރާ ދެ ދަރިވަރެއް އެމްޓީސީސީ އިން ސްޕޮންސާ ކޮށްފައިވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންނެވެ.

comment ކޮމެންޓް