ޑޮލަރު ދޭނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ނެގި މީހަކު ހޯދަނީ

ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ޝިފާއު ---

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ތަހުގީގަށް ހާޒިރު ކުރުމަށް އިއުލާނު ކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ މއ. ހަނީސަކްލް -1، ހުސައިން ޝިފާއު (35އ) އެވެ.

އޭނާ ހޯދަން އިއުލާނު ކޮށްފައި ވަނީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުން ބުންޏެވެ.

ޝިފާއު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ 10 ޖުލައި 2021 ގެ ކުރިން ޝާފިއު ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި އިއުލާނު ކުރުމަށެވެ.

comment ކޮމެންޓް