މަޑިހާ ސަން ބަދިގެ: ފަސޭހަކޮށް ތައްޔާރުކޮށްލަން ގާލިކް ކަންކުން

ރޯދަމަހަކީ އެންމެންނަށްވެސް ނުހަނު ބިޒީ މަހެކެވެ. އޮފީހުގައި އުޅެފައި ގެއަށް ގޮސް އެއްޗެއް ކައްކާލަން އެކަށީގެންވާ ވަގުތު ނުލިބެއެވެ. ވަގުތު ލިބޭ ފަހަރުތަކުގައި މާ ބޮޑަށް ރޯދަ ވަރުބަލިވެ، ކައްކާ ހިތް ނުވެއެވެ. ނުވަތަ މާ ބުރަކޮށް ބަދިގޭގައި އުޅޭހިތް ނުވަނީއެވެ.

މަޑިހާ ސަން ބަދިގޭގައި މިއަދު ގެނެސްދެނީ މަދު އިންގްރީޑިއެންޓްތަކެއް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ފަސެހަ އެއްޗެކެވެ.

ލޮނުމެދަކީ ސޭވަރީ ޑިޝްތަކުގައި ކޮންމެހެންވެސް ހުންނަންޖެހޭ ބާވަތެކެވެ. ލޮނުމެދާ ނުލައި ރަހަ ހެޔޮވަރު ނުވާ ކަހަލައެވެ. މިއަދު ގެނެސްދޭ ޑިޝްގެ މައިގަނޑު ރަހައަކީވެސް ލޮނުމެދެވެ. ދެން ހިމެނެނީ ކަންކުން ފަތެވެ. ހަމަ "ޕާފެކްޓް" ކޮމްބިނޭޝަނެކެވެ.

ގާލިކް ކަންކުން ތައްޔާރުކޮށްލަމާ ހިނގާށެވެ!

ބޭނުންވާނެ ތަކެތި

  • 2 ބޮނޑި ކަންކުން
  • 4 ލޮނުމެދުކޮޅު (ކުދިކޮށް ކޮށާފައި)
  • 4 މިރުސް (ގްރީން ޗިލީ)
  • 30 މލ އޮއިސްޓާ ސޯސް
  • 20 މލ ފެން

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކަންކުން ފަތްކޮޅު ދޮވެލާށެވެ. ދެން ޕޭންއެއްގައި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު ލޮނުމެދުކޮޅުގެ ކުލަ ބަދަލުވަންދެން މީރުކޮށްލާށެވެ.

ދެން ޕޭންއަށް މިރުސްކޮޅު އެޅުމަށްފަހު އަނެއްކާވެސް މިނިޓެއްހާ ވަގުތަށް މީރުކޮށްލާށެވެ.

ދެން އޮއިސްޓާ ސޯސްއާއި ފެންފޮދު އަޅާލުމަށްފަހު އެއްކޮށްލާށެވެ. އެންމެ ފަހު ސްޓެޕްއަކަށް، އުނދުނުގެ ގިނި މަޑުކޮށްލުމަށްފަހު ކަންކުން ފަތްކޮޅުވެސް އަޅައި، އެއްކޮށްލާށެވެ. ދެ މިނިޓެއްހާ ވަގުތަށް އުނދުންމަތީ އެއްކޮށްލާށެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.

comment ކޮމެންޓް