ޕެޓިނާ މޯލްޑިވްސް ފަރި އައިލެންޑްސް މެއި 18 ގައި ހުޅުވަނީ

ޕެޓިނާ މޯލްޑިވްސް ---

މާލެ އަތޮޅު ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ފަރި އައިލެންޑްސްގައި ހިމެނޭ ޕެޓިނާ މޯލްޑިވްސް ފަރި އައިލެންޑްސް އަންނަ މަހުގެ 18 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޓްރެވަލް އަދި ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވާގޮތުން، މެއިި 18 ވަނަ ދުވަހު ރިސޯޓު ހުޅުވަން ވަނީ ތައްޔާރު ވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ އެ ރިސޯޓުގައި 90 ވިލާ ހުރެއެވެ. މިއީ 1-3 ކޮޓަރީގެ ވިލާ ތަކެކެވެ. އޭގެ ތެރޭގައި ވޯޓާ ޕޫލް އަދި ބީޗް ވިލާ ވެސް ހިމެނެ އެވެ. މީގެ އިތުރުން ބްރެޒިލްގެ އާކިޓެކްޓް މާކޯ ކޯގަނގެ ހުނަރު ފެންނާނެ 20 ފަރި ސްޓޫޑިއޯ ވެސް އެ ރިސޯޓުގައި ހުންނާނެ އެވެ.

އެ ރިސޯޓުގައި އޭޝިއާ ސަރަހައްދުގެ އިތުރުން ގްރީކް ކުޒީން އަދި އިތުރު އިންޓަނޭޝަނަލް ރަހަތައް ލިބޭނެ ރެސްޓޯރެންޓުތައް ހުންނާނެ އެވެ.

ޓެނިސްކޯޓައި ޔޯގާ ޕެވިލިއަންގެ އިތުރުން ވޯޓާ ސްޕޯޓްސް ސެންޓަރާއި ސްލީޕް ތެރަޕިސްޓުންގެ ހިދުމަތްވެސް އެ ރިސޯޓުން ލިބޭނެ އެވެ.

comment ކޮމެންޓް