ފްރެންޑްސްގެ ރީޔޫނިއަންގެ ޝޫޓިން ނިންމާލައިފި

ދިވެހިންނަށް އަދި ވެސް ކަމުދާ ޓީވީ ޝޯއެއް ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާ އެކު ގެނެސްދޭ އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑުގެ ޝޫޓިން ނިންމާލައިފި އެވެ.

މި އެޕިސޯޑަކީ މިދިޔަ މެއި މަހު ޝޫޓްކުރަން ތާވަލް ކުރި އެޕިސޯޑެކެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން އެކަމަށް ތަންނުދިނީއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެ ކަމުގެ އުފާވެރި ހަބަރު އެ ޝޯ އުފައްދާ، އެޗްބީއޯ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ލޮސް އޭންޖަލަސްގައި ފްރެންޑްސްގެ ހާއްސަ އެޕިސޯޑުގެ ޝޫޓިން ނިންމާލި އިރު މި އެޕިސޯޑު ގެނެސްދޭނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.
ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައި ވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް