އެމްޑީޕީ މެންބަރުންނަށް ވަޒީފާ ނުލިބިގެން ކަންބޮޑުވުން ފާޅުކުރޭ: ރައީސް

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަޒީފާގެ ކަންބޮޑުވުން އެބައޮތް ކަމަށާއި އެޕާޓީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވަޒީފާ ނުލިިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަ ކުރާ ކަމަށެވެ.

"އެހެން ނަމަވެސް ސަރުކާރު ތެރޭގައި ޖާގަ އޮތްވަރު ބަލާ އަޅުގަނޑު ހިތުން ހަމަ ރަނގަޅު އަދަދެއް އެމްޑީޕީގެ މެންބަރުންނަށްވެސް، އެމްޑީިޕީ އަށް ނިސްބަތްވާ ފަރާތްތަަކަށް އޮންނާނީ ވަޒީފާ ދެވިފައި. އަދިވެސް އަޅުގަނޑު ބަލާނަން އެކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި އެކި ބޯޑުތަކަށް ކޮލިފައިޑް މީހުން އައްޔަނުކޮށްފައި ތިބޭނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އެކަމަށް ބަލާފައި، އަޅުގަނޑު ނަން ފޮނުވިޔަސް އަދި ބަލަންވާ ބޮޑު މުވައްސަސާ އެއް އޮބަ އޮތް. ބަލާފައި އެޕްރޫވްކޮށްގެން އެކަން ކުރާނީ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު އައިސްފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި އެމްއާރުއެމް އެކުވެގެން އުފެއްދި ކޯލިޝަނަކުންނެވެ.

ސަރުކާރުގެ މަގާމުތައް ދިނުމުގައި އެ ޕާޓީތަކުގެ މެންބަރުންނަށް ބަހާލާއިރު، އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ދޭ މިންވަރާމެދު އެމްޑީޕީގެ ބައެއް މެންބަރުގެ ކަންބޮޑުވުން ފާޅުކުރާތަން ފެނެ އެވެ.

comment ކޮމެންޓް