އަތޮޅުތެރޭގެ 10 ރަށެއް މޮނީޓަރިންގައި

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު19ގެ ކޭސްތަކާ ގުޅިގެން އަތޮޅުުތެރޭގެ 10 ރަށެއް މިވަގުތު އޮތީ މޮނީޓަރިންގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީ އިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މިވަގުތު މޮނީޓަރިންގައި އޮތް ރަށްތަކަކީ ކ. ހުރާ، ކ. ދިއްފުށި، ޅ. ނއިފަރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ޅ. އޮޅުވެލިފުށި އަދި އދ. މާމިގިލީގެ އިތުރުން ތ. ވިލުފުއްޓާއި ވޭމަންޑޫ އެވެ.

ހުރާގައި 101 މީހުން ޕޮޒިޓިވް ވެފައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަބަންދުގައި ތިބި ހަތަރު މީހަކާއި ކޮންޓެކްޓުންގެ 88 މީހެއްގެ އިތުރުން ޑިޕާޗާ ސާމްޕަލުން ޕޮޒިޓިވްވި ހަތް މީހެއް އަދި ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި 15 މީހަކާއި ފްލޫ ކްލިނިކަށް ދެއްކުމުން ޓެސްޓު ހަދައިގެން ޕޮޒިޓިވްވި ތިން މީހެކެވެ.

ދިއްފުށީގައި 110 މީހަކު ޕޮޒިޓިވްވެފައި އެބަތިއްބެވެ. އެއީ 103 ކޮންޓެކްޓުންނާއި ތިން ޑިޕާޗާ ސާމްޕަލް އަދި ރެންޑަލްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ހަތަރު ސާމްޕަލް އެކެވެ.

ނައިފަރުން 248 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ހިސާބުތައް ދައްކަ އެވެ. އޭގެ ތެރޭގައި ފުރަބަންދުގައި ތިބި ތިން މީހަކާޢި ކޮންޓެކްޓުންގެ 220 މީހުން އަދި ފްލޫ ކްލިނިކަށް ދެއްކި އެކަކާއި ރެންޑަން ސާމްޕަލުން ޕޮޒިޓިވް ވި 24 މީހަކު ހިމެނެ އެވެ.

ހިންނަވަރުގައި ޖުމްލަ 26 ޕޮޒިޓިވް ކޭސް އެބައޮތެވެ. އެއީ ފުރަބަންދުގައި ހުރި އެކަކު، 21 ކޮންޓެކްޓުން ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއް އަދި ރެންޑަމް ސާމްޕަލްގެ ދެ މީހެކެވެ.

އޮޅުވެލިފުއްޓާއި ކުރެންދޫގައި ތިބީ ޕޮޒިޓވް ތިން ކޭހެވެ. އެ ދެރަށުން ވެސް ޕޮޒިޓިވް ވެފައި ވަނީ ދެ ކޮންޓެކްޓުންނާއި ފްލޫ ކްލިނިކުން ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހެކެވެ.

ފެލިވަރުން 26 މީހުން ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރޭ ހިމެނެނީ 150 ރެންޑަމް ސާމްޕަލް އާއި 110 ކޮންޓެކްޓުންނެވެ. ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުން ފެންނަމުންދާ ކޭސްތައް ގުޅިފައި ވަނީ ފެލިވަރު ކްލަސްޓާ އާ އެވެ.

އދ. މާމިގިލީގައި 40 ޕޮޒިޓިވް ކޭސް އެބަ ތިއްބެވެ. އެއީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި 11 މީހަކާއި ފްލޫ ކްލިނިކުން ނެގި ސާމްޕަލުން ޕޮޒިޓިވްވި 11 މީހެއްގެ އިތުރުން 18 ކޮންޓެކްޓުންނެވެ.

ވިލުުފުށީގައި އަށް ޕޮޒިޓިވް ކޭސް އެބަ ތިބި ކަމަށް އެޗްއީއޯސީ އިން ހިއްސާކުރި މައުލޫމާތުތަކުން ދައްކަ އެވެ. އެގޮތުން އެ ރަށުގައި ހަތް ކޮންޓެކްޓުން އަދި ފްލޫ ކްލިނިކަށް ދެއްކި އެކަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ކިނބިދޫ އިން ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

އެޗްއީއޯސީގެ ހިސާބުތައް ދައްކާގޮތުން އަތޮޅުތެރޭގެ 76 ރަށުގައި ޖުމްލަ 983 ކޭސް އެބަ ތިއްބެވެ. މިވަގުތު ބަލި ޖެހިފައިވާ 2،990 އެކްޓިވް ކޭސް ރާއްޖޭގައި އެބަ ތިއްބެވެ.

comment ކޮމެންޓް