އަނުޕަމާގެ ގިނަ އެކްޓަރުންތަކަކަށް ކޮވިޑް ޖެހިއްޖެ

ސްޓަޕްލަސް އިން ގެނެސްދެމުން އަންނަ އެންމެ މަގްބޫލު ޑްރާމާ ސިލްސިލާ އަނުޕަމާގެ ގިނަ އެކްޓަރުންތަކަކަށް ކޮވިޑް ޖެހިއްޖެ އެވެ.

އަނުޕަމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ އަށް މިދިޔަ ހަފްތާގައި ކޮވިޑް ޖެހިގެން ވަނީ ކަރަންޓީނުވެ ބައްޔަށް ފަރުވާ ހޯދަން ފަށައިފަ އެވެ. އަދި އޭގެ ފަހުން ތަސްނިމް ޝައިޚް (ރާކީ) ވެސް ކޮވިޑަށް ޕޮޒިޓިވްވި އިރު އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ނިދީ ޝާހް (ކިންޖަލް)ގެ އިތުރުން އަލްޕަނާ ބުޗް (ލީލާ) އަށް ވެސް ވަނީ ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ފަށައިފަ އެވެ.

ޑްރާމާގެ ގިނަ ތަރިންތަކަކަށް ކޮވިޑްޖެހުނު އިރު ޑްރާމާގެ ކާސްޓުންނާއި ކްރޫ މެންބަރުން މިވަގުތު ތިބީ އައިސޮލޭޝަން ގަ އެވެ.

މިއީ ޑްރާމާއެއްގެ ގިނަ ތަރިންތަކަކަށް ކޮވިޑް އެއްފަހަރާ ޖެހުނު ފުރަތަމަ ފަހަރެވެ. އަނުޕަމާގައި ސަމަރްގެ ރޯލުން ފެނިގެންދަާ ޕާރަސް ކަލްވަނަންތު، ޕަރިތޯޝްގެ ރޯލުން ފެނިގެންދާ އާޝިޝްގެ އިތުރުން ވަން ރާޖް ޝާހްގެ ރޯލު ކުޅޭ ސުދަންޝޫ ޕާންޑޭއަސް ވެސް ވަނީ މީގެ ކުރިން ކޮވިޑްޖެހިފަ އެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަނުޕަމާ ގިނަ ބަޔަކު ބަލާ އެންމެ ބޮޑު އެއް ސަބަބަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތައް މި ޑްރާމާއިން ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލެވިފައިވާތީ އެވެ. މި ޑްރާމާ އަކީ މިވަގުތު އެންމެ ގިނަ މީހުން ބަލަމުން އަންނަ ޑްރާމާއެކެވެ.

comment ކޮމެންޓް