އަނަސް ބަލި ގަބޫލުކޮށް، މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެ

މާލޭ ސިޓީ މޭޔަރ ކަމަށް ކުރިމަތި ލާފައިފާ އަނަސް އާއި މުއިއްޒު -- ފޮޓޯ/ ސަން

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީއިން ވާދަކުރެއްވި ކެންޑިޑޭޓް އަނަސް އަބްދުއްސަތާރު ބަލި ގަބޫލު ކުރައްވާ މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެން ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ މަގާމު މުއިއްޒު ހޯއްދަވާފައި ވަނީ ބޮޑު ތަފާތަކުންނެވެ. އަދި ވޯޓު ގުނާ ނުނިމޭތީ ސީދާ ލިބުނު ވޯޓުގެ އަދަދު ސާފެއް ނުވެ އެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ މީހުން ބަސް ބުނެފި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް މުއިއްޒު އަށް މަރުހަބާ ވަނީ ވިދާޅުވެފަ އެވެ. އަނަސް ވިދާޅުވީ މިރޭގެ ނަތީޖާއަށް ބަލައި މާލެއިން ކާމިޔާބު ހޯދުމަށް އެމްޑީޕީ އަލުން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އަނަސް ވަނީ އޭނާއަށް ވޯޓުދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސަން"އަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން މާލާގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް މިހާތަނަށް ލިބިފައި ވަނީ ޕީޕީއެމްއިން ވާދަކުރައްވާ ޑރ. މުއިއްޒަޒެވެ. "ސަން"ގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މުއިއްޒު ވަނީ 9،305 ވޯޓް ހޯއްދަވައިފަ އެވެ. އެއީ ވޯޓް ލީ މީހުންގެ 61.47 ޕަސެންޓެވެ.

comment ކޮމެންޓް