މަހެއް ނުވަނީސް ޝްރައްދާ އަނެއްކާ ވެސް ރާއްޖެ އަށް

ބަތަލާ ޝްރައްދާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް—-

މިދިޔަ މަހު ރާއްޖެ އައިސް އުފަންދުވަސް ފާހަގަކުރި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝްރައްދާ ކަޕޫރު އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

އުފަންދުވަސް ފާހަގަކުރުމަށް ފަހު ޝްރައްދާ ވަނީ ހަމަ މިދިޔަ މަހު 18 ހިސާބު ރާއްޖެ އައިސްފަ އެވެ. މި އަހަރު ތިން ވަނަ ފަހަރަށް ޝްރައްދާ ރާއްޖެ އައި އިރު މި ފަހަރު އޭނާ ހުރީބަރޮސް މޯލްޑިވްސް ގަ އެވެ. ޝްރައްދާ ރާއްޖެ އައިސް ހިއްސާކުރި ޕޯސްޓުގައި ބުނީ އަނެއްކާ ވެސް އެނބުރި އެންމެ ކަމުދާ މަންޒިލަށް އާދެވިއްޖެ ކަމަށެވެ. އޭނާގެ އެ ޕޯސްޓަށް އޭނާގެ ބޭބެ ސިދާންތު ކަޕޫރު ކޮމެންޓު ކުރަމުން ސަމާސާ ރާގަކާށް ބުނީ ރާއްޖެ އަށް އެއްކޮށް ބަދަލުވާންވީ ކަމަށެވެ.

ބަތަލާ ޝްރައްދާ ރާއްޖޭގައި ވަގުތު ހޭދަކުރާ ގޮތުގެ ވީޑިއޯތަކާ ފޮޓޯތައް އަންނަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.

ދާދިފަހުން އޭނާ ވަނީ ‘ޗަލްބާޒް އިން ލަންޑަން’ ކިޔާ ފިލްމަކަށް ސޮއިވެސް ކޮށްފަ އެވެ. މި ފިލްމަކީ ފުރަތަމަ ފަހަރަށް ބަތަލާ ޑަބަލް ރޯލަކުން ފެނިގެންދާނެ ފިލްމެވެ. މި ފިލްމަކީ ކުރީގެބަތަލާ ސްރީދޭވީ ޑަބަލް ރޯލެއް ކުޅުނު 1989ގެ ކާމިޔާބު ފިލްމު "ޗަލްބާޒް"ގެ ޑައިރެކްޓަރު ޕަންކުޖް ޕްރަޝާރު ޑައިރެކްޓްކުރާ ފިލްމެކެވެ.

comment ކޮމެންޓް