ސ. މީދޫ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ސ. މީދޫ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން-- ފޮޓޯ/އެމްޓީސީސީ

ސ. މީދޫ ގޮނޑުދޮށް ހިމާޔަތް ކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަމަލީ މަސައްކަތް ފެށުމަށް މިއަދު މީދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސ. މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒު އަލީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިންނާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ، އަދި ހިތަދޫ ބައެއް ދާއިރާތަކުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ މަޝްރޫއުގެ ދަށުން 848.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް