ސައުދީ އަރަބިއާއިން ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާ ކޮށްފިއެވެ.
ސައުދީ އިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.
މިއަހަރު ސައުދީ އިން 25 ޓަނުގެ ކަދުރު ހަދިޔާ ކުރިއިރު އެހެން އަހަރު ތަކުގައި 50 ޓަނުގެ ކަދުރު ހަދިޔާ ކުރެއެވެ.
ސައުދީއިން ހަދިޔާ ކުރި ކަދުރާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ސައުދީ އިން ހަދިޔާ ކުރާ ކަދުުރު ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ބަހައެވެ. މިދިޔަ އަހަރު ކަދުރު ބަހާފައިވަނީ ފަގީރުންނަށް އިސްކަން ދީގެންނެވެ. ސައުދީ އިން ހަދިޔާ ކުރާ ކަދުރު ހުސްވަންދެން ރައްޔިތުންނަށް ބަހައެވެ.