އިއްޔެ އަކީ ރާއްޖެއިން އަނެއްކާ ވެސް ރެކޯޑް ހެދި ދުވަހެއް

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން އިއްޔެ އަކީ އާ ރެކޯޑެއް ގާއިމުވި ދުވަހެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ އިއްޔެ އައި ފަތުރުވެރިންގެ އަދަދު 5275 ފަހަނަ އަޅާފައިވާ ކަމަށެވެ.

ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އާ ރެކޯޑެއް އިއްޔެ ގާއިމުވުމާއެކު ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ދާއިރާގެ މަސައްކަތްތެރިންނަށާއި އިންޑަސްޓްރީ ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު މިމަހުގެ 25 ގެނިޔަލަށް 272،652 ޓޫރިސްޓުން މި އަހަރު ތެރޭ ރާއްޖެ އައިސްފައި ވެއެވެ. މި މާޗުމަހުގެ އެހާތަނަށް 83،667 ޓޫރިސްޓުން އައި އިރު އޭގެ ކުރީ ފެބްރުއަރީ މަހު 96،882 ޓޫރިސްޓުން އަދި ޖެނުއަރީ މަހު 92،103 ޓޫރިސްޓުން އައިސްފައިި ވެއެވެ.

ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. ދެވަނަ އަށް ރަޝިއާ އަދި ތިންވަނަ އަށް ޔޫކްރެއިން އިންނެވެ.

comment ކޮމެންޓް