އިންޑިއާގެ ޑާންސް ގްރޫޕެއް ރާއްޖެ އައިސް ކުޅުނު ލަވަ ކަމުގޮއްސި

ރާއްޖޭގައި ކުޅުނު ލަވައިގެ މަންޒަރެއް---

އިންޑިއާގެ މަޝްހޫރު ޑާންސް ގްރޫޕް "އެމްޖޭ 5"ގެ ބައިވެރިން ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން އައިސް ރާއްޖޭގައި ލަވައެއް ޝޫޓްކޮށްފި އެވެ.

މި ލަވައަކީ ކިހާ މޯލްޑިވްސް އައިލެންޑް ރިސޯޓުގެ ހިތްގައިމު މާހައުލުގައި ޑާންސް ގްރޫޕުގެ ފަސް މެންބަރުންވެގެން ރެކޯޑު ކުރި ލަވައެކެވެ. ލަވައިގައި ޑާންސް ގްރޫޕުގެ ފަރި ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދިޔައިރު މި ލަވައިން ރާއްޖޭގެ ހިތްގައިމު މާހައުލު ވެސް ފެނިގެންދިޔަ އެވެ.

"ބަވާލް"ގެ ނަމުން ނަންދީފައިވާ މި ލަވަ މި މަހު ނެރުނުއިރު މިހާތަނަށް މި ލަވައަށް ވަނީ ހަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މަޝްހޫރު ޑާންސް ގްރޫޕް އެމްޖޭ5 އަކީ ސޮނީ ޓީވީ އިން ގެނެސްދިން މަޝްހޫރު ޑާންސް ޝޯއެއްގައި ވެސް ބައިވެރިވި ގްރޫޕެކެވެ.

comment ކޮމެންޓް