ށ. ނޫމަރާގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކުރެއްވީ ފެނަކައިގެ އެމްޑީ ސައީދުއާއި މަޝްރޫއުގެ ކޮންޓްރެކްޓަރު ސްކައިވަން ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ޝިޔާމް އަލީ އެވެ.
އެ މަޝްރޫއު ނިންމަން ދީފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.