ނޫމަރާގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އިމާރާތުގެ ބިންމާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.

ފެނަކައިން ބުނީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްކައިވަން ލޮޖިސްޓިކްސް އާ، 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރާ ގޮތަށް ކަމަށެވެ.

އިއްޔެ ވަނީ ހއ. މާރަންދޫއާއި، ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ ވެސް އަޅައިފަ އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާ، 3،134،640.67 ރުފިޔާގެ އަގަކަށެވެ.

comment ކޮމެންޓް