ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި

ދުވާފަރު ބިން ހިއްކަން ފެށުން -- ފޮޓޯ: އެމްޓީސީސީ

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއުގެ ދަށުން އެރަށުން 22.2 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މީގެ އިތުރުން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

ދުވާފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 445 ދުވަހު ގެ ތެރޭގައެވެ. މަސައްކަތުގެ ކޮންޓްރެކްޓު އަގަކީ 143.1 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް