ޖީއެން ސައިކަލެއް ގަންނަން ވީހާ އަވަހަކަށް ދާންވީ ލޮޓަސް ބައިކް ޝޮޕަށް

ސުޒުކީ ޖީއެން 125 އޭ ބުނުމުން އެއީ ކޯޗެއްކަން ނޭނގޭ ދިވެއްސެއް އުޅެދާނެކަމާ މެދު ޝައްކު އުފެދެ އެވެ. ބަޒާރުގައި އެތައް އަހަރެއް ވެފައިވާ އިރުވެސް މި ސައިކަލުގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.

ހަލުވި ކަމާއެކު ދުނިޔޭގެ ބާޒާރަށް އާ ވައްތަރުގެ އެތައް ސައިކަލެއް ނުކުންނަ އިރު މި ސައިކަލު ވައްޓާ ނުލެވެނީ ކީއްވެހެއްޔެވެ؟ މިއީ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.

މިކަމުގެ ސިއްރަކީ އެސައިކަލުގެ ދެވަނައެއް ނުވާ ޑިޒައިނޭ ބުނެވިދާނެ އެވެ.

ކެޕްޝަން..

ސައިކަލުގެ ބައްޓަމަށް ބަލާ ނަމަ ޖީއެން އާ ވައްތަރު އެހެން ސައިކަލެއް މަގުމައްޗަކުން ގައިމުވެސް ނުފެންނާނެ އެވެ. ގިނަ ބަޔަކަށް މިސައިކަލު އެންމެ ކަމުދަނީ އަރާމުގައި އިށީންދެލައިގެން ގިނަ ވަގުތު ދުއްވި ނަމަވެސް ބުރައްކައްޓަށް ކުރާ އަސަރު ކުޑަވާތީ އެވެ.

ގިނަ ސައިކަލު ތަކުގެ ކަވަރު ސެޓު ހުންނަނީ ފޭރާމެއް ހެން މުޅި އެތީ ވަށައިގެންނެވެ. އެހެން ނަމަވެސް ޖީ.އެން 125ގައި ކަވަރު ސެޓުގައި ހުންނަނީ ދެކަވަރު ކޮޅެވެ. ޖީއެން 125 ދެފަރާތުގައި ވަރަށް މުހިއްމު އަދި އެހާމެ ބާރުގަދަ އެއްޗެކެވެ.

ކެޕްޝަން..

މި ސައިކަލް ދިވެހި ޖިންސުންލަތީފުންގެ މެދުގައި މަގުބޫލެވެ. މި ސައިކަލުގެ ޑިޒައިންގެ ސަބަބުން މިއީ މާލޭގެ މަގުތަކުގައި ދުއްވާލަން ވެސް ވަރަށް އެކަށީގެންވާ ސައިކަލެކެވެ.

މިފަހަރު ލޮޓަސްއިން މި ވަނީ ރަތާއި ނޫ އަދި ކަޅު ކުލައިގެ ޖީއެން 125 ސްޓޮކެއް ގެނެސްފަ އެވެ. އޮރިޖިނަލް ޖީއެން 125 ސައިކަލެއް ހޯދަން ކެތްމަދުވެފައި ތިބި ފަރާތްތަކަށް ލޮޓަސްގެ ބައިކް ޝޮޕްގެ ދޮރު ވަނީ ހުޅުވިފަ އެވެ.

ސައިކަލް ގަންނަ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށް އެތައް ކަމެއް ލޮޓަސްގެ ޝޯރޫމްގައި ހުރީ ރާވާފަ އެވެ. އިތުރު މަޢުލޫމާތު 7530253، 9555520 7425552 އަށް ގުޅުމުން ލިބޭނެ އެވެ.

comment ކޮމެންޓް