11 މާޗަށް އިންތިޒާރު ކުރޭ، 4426 މަލްޓި ސްކްރީނަށް

4426 މާޗު 11 ގައި މީޑިއާނެޓް މަލްޓިސްކްރީނަށް ---

ދެހާސް ސޯޅަވަނަ އަހަރު ރިލީޒްކުރި ދިވެހި ފިލްމު 4426 މިމަހުގެ 11 ވަނަ ދުވަހު މީޑިއާ ނެޓް މަލްޓި ސްކްރީނުގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަން ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ޑައުންލޯޑު ކުރެވޭނެއެވެ.

ފާތިމަތު ނަހުލާގެ ކާމިޔާބު ފިލްމު، 4426 އަކީ ނަހުލާގެ ވާހަކައަކަށް އޭނާ އާއި އަހުމަދު ޝިނާން ޑައިރެކްޓު ކޮށްފައުވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) މަރިޔަމް އައްޒަ، ޝީލާ ނަޖީބު އަދި އިސްމާއިލް ޖުމައިހު (ޖުމާ) ފަދަ ތަރިން ހިމެނެއެވެ.

މި ފިލްމުގައި ދައްކައިދެނީ ގެއެއްގެ ތެރޭ ބަންދުވެ، ދިމާވާ ރޫހާނީ ކަންތައްގަނޑެކެވެ.

ނަހުލާގެ 4426ގެ އިތުރުން މީޑިއާ ނެޓުގެ ފުރަތަމަ އޮރިޖިނަލް "މަރިޔަމް" ވެސް ވަރަށް އަވަހަށް މަލްޓި ސްކްރީންގައި ޕްރިމިއާ ކުރާނެއެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ ލަމްހާ ލަތީފްގެ ކުކިން ޝޯ "ލަމްސް ކިޗަން" ވެސް މި ޕްލެޓްފޯމުގައި ވަރަށް އަވަހަށް ޕްރިމިއާ ކުރާނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

މީޑިއާ ނެޓް މަލްޓި ސްކްރީނުން ހަތަރު ދުވަހުގެ ކެޗްއަޕް އާއެކު ޓިވީ ޗެނަލްތައްވެސް ބަލައިލެވޭނެއެވެ.

comment ކޮމެންޓް