ޕްރިޔަންކާގެ އަމިއްލަ ރެސްޓޯރަންޓެއް ނިއުޔޯކަށް!

ޕްރިޔަންކާ ޗޯޕްރާގެ އަމިއްލަ ރެސްޓޯރަންޓެއް ނިއުޔޯކްގައި ހުޅުވަނީ---

އިންޑިއާގެ ކެއުންތަކަށް ހާއްސަކޮށް ނިއުޔޯކްގައި އަމިއްލަ ރެސްޓޯރަންޓެއް ހުޅުވަން އުޅޭކަމަށް ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

ސޯނާގެ ނަމުން ނަންދީފައިވާ މި ރެސްޓޯރަންޓް ހުޅުވާނީ މި މަހު ފަހުކޮޅު އެވެ. ޕްރިޔަންކާ ބުނީ އޭނާއަކީ އިންޑިއާ ކެއުންތައް ކެއުމަށް ވަރަށް ފޯރި ހުންނަ މީހެއްކަމަށާއި ބޭނުން ވަނީ އަމިއްލަ ގައުމުގެ ކާނާ އެހެން މީހުންނަށް ވެސް ރަހަ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އިންސްޓަގްރާމްގައި ރެސްޓޯރަންޓުގެ ފޮޓޯތަކެއް ހިއްސާކުރުމަށް ފަހު ޕްރިޔަންކާ ބުނީ މި ހުވަފެން ހަގީގަތަކަށް ހަދައިދޭން މަސައްކަތްކުރި ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑް ފިލްމުތަކުން ވެސް ފެންނަ ތަރި ޕްރިޔަންކާ ވަނީ ދާދިފަހުން އަމިއްލަ ހަޔާތުގެ މައްޗަށް ލިޔުނު ފޮތެއް ވެސް ނެރެފަ އެވެ.

comment ކޮމެންޓް