މަސްދޯނީގައި ހިންގި މާރާމާރީގައި ޒަހަމްވި ބިދޭސީ މީހާ މަރުވެއްޖެ

ބިދޭސީން މަަސްދޯންޏެއްގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރިއެއްގަިއ ޒަހަމްވި މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ މާރާމާރީގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:50 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

މާރަމާރީގައި ޒަހަމްވި މީހާ މަރުވީ އޭނާ އަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ މިއަދު 11:59 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރިއާއި ގުޅިގެން 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް