ތޭޖާސްގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފި

ތޭޖާސްގެ މަންޒަރެއް--

ބޮލީވުޑްގެ ކާމިޔާބު ފިލްމީތަރި ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތޭޖާސް"ގެ މުމްބާއީ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފިއެވެ.

ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލުމަށްފަހު ކަންގަނާ ވަނީ ފިލްމުގެ "ބިހައިންޑް ދަ ސީން"ގެ ބައެއް މަންޒަރުތައް ދައްކާލާފައެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލުން ކަންގަނާ ފެންނައިރު މި ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލު ކުޅެލަން ލިބުމުން ކަންގަނާ ބުނީ ކުޑައިރުންފެށިގެން ވެސް ސޯލްޖާއެއްގެ ރޯލު ކުޅުމަކީ ހުވަފެނެއް ކަމަށެވެ. އަދި އެ ފިލްމުގެ މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ކަންގަނާ ވަނީ މީގެ ކުރިން ބުނެފައެވެ.

މި ފިލްމުގެ ޝޫޓިން ދެން ކުރިއަށް ދާނީ ދިއްލީ އަދި ރާޖަސްތާނުގައެވެ. އަދި މި ޝެޑިއުލްތަކުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.

ބަތަލާ ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ ތަލައިވީ އެވެ. މި ފިލްމު ރިލީޒްކުރާނީ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ. ތޭޖާސް ރިލީޒްކުރާނީ މި އަހަރު މެދުތެރޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް