މާޅޮހުގައި ގެއްލިގެން ހޯދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

އއ. މާޅޮސް

އއ. މާޅޮހުގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެވައި އޮއްވާ ފެނިއްޖެ އެވެ.

މާޅޮސް ކައުންސިލުގެ ރައީސް ފަޒީލް އަހްމަދު "ސަން"އަށް ވިދާޅުވީ މަރުވީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

"އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރަށުގެ ދެކުނު ފަރާތު މޫދުން،" ފަޒީލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނުކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 5:50 އެހައިކަންހާއިރު ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް