"ހީރޯޕަންތީ 2"ގެ ޕޯސްޓަރެއް، ފިލްމު ޑިސެމްބަރު މަހު

ފިލްމުގެ ޕޯސްޓަރު---

އުފަންދުވަހާ ދިމާކޮށް ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2"ގެ ޕޯސްޓަރު ދައްކާލާ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.

ޓައިގާ އާ ތާރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ހީރޯޕަންތީ 2 އަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ފަސްޓްލުކް ހިއްސާކުރަމުން ޓައިގާ ބުނީ "ފަސްޓް ލަވް އިޒް ބެކް" ކަމަށެވެ. މި ފިލްމުގެ ފުރަތަމަ ބަޔަކީ އޭނާ ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ. ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކްރިތީ ސެނަން އެވެ.

އެކްޓަރު ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ "ބާގީ 3" އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ޝްރައްދާ ކަޕޫރު، އަންކިތާ ލޯކަންޑޭ އަދި ރިތޭޝް ދޭޝްމުކް އެވެ.

comment ކޮމެންޓް