ޖުމްލަ ދަރަނި 79.8 ބިލިއަން ރުފިޔާ އަށް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖުމްލަ ދަރަނި 79.8 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގައެވެ. އެތެރޭގެ ދަރަނި 41.7 ބިލިއަނަށް އަރަ އެވެ.

ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 66 ޕަސެންޓުގައެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 72 ޕަސެންޓުގަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާއިރު 138 ޕަސެންޓުގައެވެ. ޖޫންމަހުގެ ނިޔަލަށް ތާއްޖޭގެ ޖީޑީޕީ ހުރި 57.9 ބިލިއަން ރުފިޔާގަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަތުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ޖުމްލަ އަކީ 67.9 ބިލިއަން ރުވިޔާ އެވެ. ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 8 ބިލިއަނަށް އަރާފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް19 އާއި ގުޅިގެން އެކި ކަންތަކަށް ބޭރުން ލޯނު ހޯދައިފަ އެވެ.

ރާއްޖެއަށް އާމްދަނީ ލިބެމުން އައި މައި ސިނާއަތްކަމަށްވާ ޓޫރިޒަމް ސިނާއަތް މިދިޔަ އަހަރުގެ ބޮޑު ބަޔެއްގައި އޮތީ ހުއްޓިގައެވެ. ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ލޯނު ނަގައިފަ އެވެ. އަދި ސެންޓްރަލް ބޭންކުން ވަނީ ހަތަރު ބިލިއަން ރުފިޔާ އޯވާޑްރޯ ކޮށްފަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ 2020 އަހަރު ސަރުކާރުން ވަނީ 18 ލޯނެއް ނަގައިފަ އެވެ.

comment ކޮމެންޓް