ބާރަށަށް އަރައި ފޭބުން މަނާކޮށްފި

ހއ. ބާރަށް:

ހއ. ބާރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، އެފަރާތްތަކާ ރަށުގެ ބައެއް މީހުންނާ ކޮންޓެކްޓްވެފައިވާތީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް "ސަން" އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ ހައި ރިސްކު މީހަކުވެސް ހިމެނޭ ކަމަށެވެ.

އޭނާ ށ. ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަށް މޮނިޓަރިން އަށް ގެންދިޔައީ ކަރަންޓީނުގައި ތިބި މީހުންނާ އެއް ގެޔެއްގައި އެހެން ބަޔަކުވެސް ދިރިއުޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަސް ކޮޓަރީގެ ގެޔެއްގައި ތިބީ. އެއީ ބޮޑު އާއިލާއެއް ވީމާ. ކާގެއާ ބަދިގެ އާ ބޭނުން ކުރާ ގޮތަށް ތިބީ. އެގޭގައި ވަކި ކޮޓަރިއެއްގައި އުޅޭ އެހެން ހަތަރު ކުއްޖަކާ އެމީހުންނާ ދިމާވެ ކޮންޓެކްޓުވި ކަމަށް ރަށުގެ ރައްޔިތުންގެ ޝަކުވާ ލިބުމާއެކު މޮނީޓަރިން އަށް ލީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވިގޮތުގައި ކޮންޓެންޓުވި މީހުންގެ ސަމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،700 ފަހަނަ އަޅާގޮސްފައިވާއިރު މި ބަލީގައި 62 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް