ކޮމިޔުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން މިއަދު އިރުޝާދު ދީ އާންމުކޮށް އަންގައިފި އެވެ.

އެމްޑީޕީގެ 14 މެންބަރަކު ސޮއިކޮށް މަލީހު ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެމްޑީޕީ ޕީޖީ ގުރޫޕުން މެންބަރުންނަށް މިއަދު އިރުޝާދު ދިނީ މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށެވެ. ޕީޖީ ގްރޫޕުގެ ފަރާތުން އެ އެންގުން އެމްޑީޕީ މެންބަރުންނަށް ދިނީ މަލީހު ވަކިކުރަން ރައީސްއަށް ދަންނަވާ އެކަން ނުކޮށްފި ނަމަ އިތުބާރު ނެތް ކަމަށް ފާސްކުރަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޕީޖީ ގުރޫޕުން ނެރެފައިވާ ވިޕާ ހަވާލާދީކަން އެނގިފައިވެ އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އިސްކޮށް ހުންނަވާ ހުށަހެޅުއްވި އެ މައްސަލައިގައި މަލީހަށް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް މަޖިލީހުން ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ނޯޓިސް ގަބޫލު ނުކުރާ ކަމަށް މަލީހު ވިދާޅުވެފައިވެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހު ވަކިކުރަން އެމްޑީޕީން ހުށަހެޅި އިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އަބަދުވެސް އޭނާއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިންޓަނެޓް އަގުހެޔޮ ނުވުމާއި އިންޓަނެޓުގެ ސްޕީޑް ލަސްވުމަކީ މަލީހު ޒިންމާ އަދާނުކުރާތީ ކަމަށް ބުނެ މެންބަރުން ފާޑުކިޔަ އެވެ.
މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގައި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ. އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
comment ނަންރީތި ހުސޭނު
4 year 4 week ago
އިންތިހާބެއް ބޯމަތިވެ ވީވަދުތައް ބިލާހަކައްވީމާ ރައްޔިތުންނައް އޮޅުވާލަން ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރަނީއޭ ކިޔާ ގޭމްޖައްސައިގެން ވަޒީރު ބޭރުކުރިޔަސް ރައްޔިތުން އެހާ ގަމާރުހެނެއް ހިޔެއްނުވެ. ސަރުކާރުން ކުރަންބޭނުން ނޫންކަމެއް ކިތަންމެ ވަރެއްދެއްކިޔަސް ވަޒީރަކައް ނުވާނެ.
comment މަހަށްދޭބަލަ
4 year 4 week ago
މަލީހު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އެގިގެންދާ އެއްޗަކީ ތަމެން ވެރިކަމަށް ގެނައި އެންމެނާއި ތަމެން ނެކް ޓު ނެކް ޖައްސާ އެމެން ބޭރު އަރުވާލަނީ ކަމަށޭ ޝިދާތާ ބޭރުކޮށްފައި އެމިނިސްޓްރީ އަށް ގެނައި މިނިސްޓަރަށް ކެއްކޭ ޑޮންޑޮނެއް އެބަހުރިތޭ އެއީ ހުރި މިނިސްޓަރެއް ކަން ދަންނަ ދިވެހި ރައްޔިތަކު ވެސް ނޫޅެއޭ ތަމެން ދެން މަހަށް ދާންވީއޭ ތަމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ކޮމިއުނިކޭޝަން ކަޓޭ ދަ ބަނޑުބޮޑު އިރު ވެސް ކާޅު ހެދުންލައޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..
comment ވަކާލަތު
4 year 4 week ago
މަލީހެއް ނޫން އަސްލަމްގެ އިތުބާރު ނެތީ. ފުލެޓް ކެޓަގަރީ އުވާލީ. މަލީހު ނެތަސް އަގު ތިރި ނުވާނެ. އުރީދޫގަ ބާރުގަދަ މީހުންގެ ހިއްސާ. ދިރާގު އެއީ ސަރުކާރައް ވަންނަލާރި.
comment ސައްލެ
4 year 4 week ago
މަލީހަށްވުރެ ވަކި ހައުސިންގ މިނިސްޓަރ އަސްލަމްގެ ޕާފޯމެންސް މާ ބޮޑުތަނުންވެސް ދަށް. މަލީހް ވަކި ރަނގަޅެކޭ ނިބުނަން. ނަމަވެސް އެމްޑީޕީ ލީޑަޝިޕްގެ ހިޔަޅު ވިސްނުމާއި ނުބައިކަން އެނގޭ މިހާރު މިގެންދާ ކަންކަމުންވެސް. ފުރަތަމަ ފެށީ އާތިފާއިން، ދެން ސިދާތާ، ދެން އަމީން، އެެއަށްފަހު ޒަހާ، ދެން ނަހުލާ. މޮޅު ކަމަކީ އެމްޑީޕީ ގެ އެއްވެސް ވަޒީރެއްގެ މިނިސްޓްރީއިން ކޮރަޕްޝަނެއް ނުހިނގާ، ޕާފޯމެންސްވެސް ރަނގަޅު. ރައްޔިތުނޭ! ހެޔޮ ނުވާނެ ވިސްނާ، މި މީހުން ދީނަށް ފުރައްސާރަ ކޮށްފި، ހަރާން ކަންކަން ލޮޖިކް ވައްދާގެން ހަލާލް ކުރަން ބުރަ މަސައްކަތް އެބަ ކުރޭ، މިނިވަންކަމަށް ބުރާ އަރާގޮތަށް ސިޔާސަތުތައް ބަދަލު ކުރަން ފަށާފި، މިއީ މިހާރު ނޫނެކޭ ބުނަންޖެހޭ ވަގުތު!
comment Happy
4 year 4 week ago
މާ ލަސްވެސް ވެއްޖެ ވަކިކުރަން!
comment ސެސީ
4 year 4 week ago
ވަރަށް ތާހިރުވެއްޖެ