ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު އަދި މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހު 8،000،000 ރުފިޔާއަށް މާލެއިން ގެއެއް ބައްލަވައިގެންފިއެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މަލީހު ބައްލަވައިގަތީ ތަރުމީނާ އިބްރާހިމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. ޖަނާން ނަމަކަށް ކިޔާ އަމިއްލަ ބިމާއި އިމާރާތެވެ. އެއީ 1066.56 އަކަފޫޓުގެ ބިމެކެވެ. އެ ގެއަށްވާ އަށް މިލިއަން ރުފިޔާ ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
ގެ ގަނެފައިވަނީ މަލީހުގެ އިތުރުން އިތުރު ތިން މީހެއް ވެސް ހިމެނޭ ގޮތަށެވެ. އެއީ ކުރީގެ ނައިބުރައީސް އަދި އަދި މަލީހާ ދެބެއިންގެ ދެދަރި ބޭބެކަމަށްވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ ތިން ދަރިކަލުންނެވެ.
"ސަން"އާ ވަހަކަދައްކަވަމުން މަލީހު ވިދާޅުވީ އެ ގެ ގަތީ އާއިލީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. އަދި އާއިލީ ވިޔަފާރި ކުރާތާ 10ވަރަކަށް އަހަރު ވެފައިވާ ކަމަށާއި، ފައިނޭންސްކުރީ އެ ވިޔަފާރީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ މަލީހަކީ ކުރިން ރައީސް ޔަމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ޓެކްނޮލޮޖީ މިނިސްޓަރުކަން ފުރަތަމަ ކުރެއްވި ބޭފުޅާއެވެ.
ނަމަވެސް މިނިސްޓަރުކަމުން ވަކިކުރުމާއެކު އޭނާ ދެން ފެނުނީ އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތެރެއިންނެވެ.
comment އަލީ
1 month 1 week ago
މަލީހު އަށް ތިޔަ ވަރަށް ފައިސާ ލިބިދާނެ. އެއީ ކުޅިމަސް ހަދައި ވިއްކައިގެން ދެން ޖަމީލަކީވެސް ބޮނޑިބަތުގެ މީހެއް. އެއިންވެސް ފައިސާ ލިބޭނެ. ދެބޭފުޅުން އެދުރުވީ ޔާމީން އަރިހުން، އެހިސާބުން ދެން ފައިސާ ހޯދާ ގޮތެއް ބަލާކަށްވެސް ނުޖެހޭނެ. ޔާމީންގޭގައި ބާއްވާ ފާޚާނާ ސައްލާއިން ދެން މިދެބޭފުޅުން ފެންނާނެބާ!
comment މާމެލާމެލި
1 month 1 week ago
ވެލްކަމް ޓު މާލޭ ބޭފުޅިޒަމް. މިހާރު ތިއީ އާރު.ޓީ އެއް ނޫން!