"ކޮމްޕޮސިޓް" ފުޅިއަށް ބަދަލުކުރަން ވިލާ ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް

ވިލާ ގޭހުން ވަނީ ޕްރޮމޯޝަނެއް ފަށާފައި---

ވިލާ ހަކަތައިގެ އަހަރީ ދުވަހާއި އާއި ގުޅުވައިގެން ވިލާ ގޭހުގެ "ކޮމްޕޮސިޓް" ފުޅީގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މާޗު 26ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ވިލާ ގޭހަށް އަލަށް ރެޖިސްޓްރީވާ ފަރާތްތަކަށް، ފުޅީގެ އަގު ނުލައި، 200 ރުފިޔާ ދައްކައިގެން ގޭހާ އެކު ފުޅި ލިބޭނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.

މީގެ އިތުރުން ވިލާ ގޭހުގެ ދަގަނޑު ފުޅި ގެންގުޅޭ ކަސްޓަމަރުންނަށް ވެސް 200 ރުފިޔާ ދައްކައިގެން ކޮމްޕޮސިޓް ފުޅިއަށް ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ ލިމިޓެޑް އަދަދަކަށް ޕްރޮމޯޝަނުގެ އަގުގައި ފުޅި ލިބޭ ގޮތަށް ކަމަށާއި އަވަހަށް ރެޖިސްޓްރީ ކުރާ ކަސްޓަމަރުުންނަށް ފުރުސަތު ބޮޑުވާނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.

ކޮމްޕޮސިޓް ސިލިންޑަރަކީ ލުއި، އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ގޮވުން ފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވާނެެ ގޮތަކަށް އުުފައްދާފައިވާ ފުޅިއެކެވެ. މި ފުޅީގައި ގޭސް ހުރި މިންވަރު ފުޅީގެ އަރިމަތިން ފެންނަން ހުންނާނެ އެވެ.

މި ޕްރޮމޮޝަނުގައި ވިލާ ގޭހަށް އަލަށް ރެޖިސްޓްރީ ކުރާ ކަސްޓަމަތުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށާއި އެ ލަކީޑްރޯގެ އެއްވަނަ އަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހަތަރު މީހަކަށް ދެ ރޭ ހުރުމާ އެކު އަދި ޓްރާންސްފާ ހުށަހެޅިފައިވާ އިރު ދެ ވަނަ ނަސީބުވެރިޔަކަށް އެ ރިސޯޓުގައި ދެ މީހަކަށް ދެ ރޭ ހޭދަކުރުމުގެ ފުރުސަތު ލިބުމާއި ކެއުން އަދި ޓްރާންސްފާ ހިމެނޭ ގޮތަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏވެ.

ތިން ވަނަ ނަސީބުވެރިޔަކަށް ހުށަހަޅާފައި ވަނީ އައިފޯން 12 ޕްރޯ މެކްސް އެކެވެ.

ވިލާ ގޭހުން ބުނީ ޕްރޮމޯޝަން ހާއްސަ ކޮށްފައި ވަނީ މާލެ އާއި ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ކަމަށާއި ޕްރޮމޯޝަނުގައި ބައިވެރިވުމަށް villagas.mv/promo މެދުވެރިކޮށް ނުވަތަ 7725566 އަށް ގުޅައިގެން ރެޖިސްޓްރީ ވެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ހޮޓްލައިން އިން ޕްރޮމޯޝަނުގެ ހިދުމަތް ދޭނެ ކަމަށެވެ.

comment ކޮމެންޓް