ވެކްސިން ޖެހި މީހުންގެ އަދަދު އެއްލައްކަ ހުރަސްކޮށްފި

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ބަލިމަޑުކަމުން ދިފާއުވުމަށް، ރާއްޖޭގައި އެއްލައްކަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން މިރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދާ ހަމައަށް ރާއްޖެއިން ޖުމްލަ 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ.

މިއަދު ވެކްސިން ދީފައިވަނީ ޖުމްލަ 6،073 މީހުންނަށެވެ. އެއީ މާލެއިން 3،147 މީހުންނާއި އަތޮޅުތަކުން 32،620 މީހުންނަށެވެ.

މާލޭގައި މިވަގުތު ނުވަ ސެންޓަރެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތެރޭގައި 169 ވެކްސިން ސެންޓަރު އެބަހުއްޓެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ. އިންޑިއާ އިން ފުރަތަމަ ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް