ޑާންސް ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ފިލްމުގެ ޕޯސްޓަރެއް--

މަޝްހޫރު ބަޠަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާ އެކްޓަރު ސޫރަޖް ޕަންޗޯލީ ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

"ޓައިމް ޓު ޑާންސް"ގެ ނަމުން ނަންދީފައިވާ އެ ފިލްމަކީ ޑާންޑް ފިލްމެކެވެ. ހިތްގައިމު ނެށުންތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެންދިޔައިރު މި ފިލްމުގައި ނެށުމުގެ މުބާރާތެއް ބާއްވަން އުޅޭ މަންޒަރުވެސް ފެނިގެންދިޔައެވެ.

މި ފިލްމަކީ އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މިއީ އިޒަބެލް ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. އަދި މިއީ ސޫރަޖު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފިލްމެއް ނުކުޅެ ހުރެ ކުޅޭ ފިލްމުވެސްމެއެވެ.

ސޫރަޖްގެ މި ފިލްމަކީ މަޝްހޫރު ކޮރިއޮގްރަފަރު ރެމޯ ޑި ސޫޒާ އާ އޭނާގެ އަންހެނުން ލިޒެލް އާ ދެމީހުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އިޒަބެލް އަތުގައި މިވަގުތު ވެސް ފިލްމެއް އެބައޮތެވެ. އެއީ އެކްޓަރު ޕުލްކިތު ސަމްރާޓް އާއެކު އޭނާ ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ޕުލްކިތުއަކީ ދިއްލީއަށް ނިސްބަތްވާ މީހެކެވެ. އަމަން ކިޔާ މީހެއްގެ ކެރެކްޓާ ޕުލްކިތު ކުޅޭއިރު އިޒަބެލްއަކީ އާގަރާއަށް ނިސްބަތްވާ ނޫރު ކިޔާ އަންހެނެކެވެ.

comment ކޮމެންޓް