ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރަނީ

ވީއައިއޭ ގައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް "ޓްރެވަލް މީޓް އޭޝިއާ - ސައުތު އީސްޓް އޭޝިއާ" ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މިއީ އައިޓީބީ އޭޝިއާގެ ފަރާތުން ކުރިއަށް ގެންދާ ސިލްސިލާ ވާޗުއަލް ހަތަރު ރޯޑްޝޯގެ ތެރެއިން ދެވަނަ ބައި ކަމަށެވެ. މި ރޯޑްޝޯގެ ފުރަތަމަ ބައި ހާއްސަ ކޮށްފައިވަނީ ސައުތު އޭޝިއާގެ ގައުމުތަކަށެވެ.

މީގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އަދި މައިސް އެންޑް ކޯޕަރޭޓް އިވެންޓުގެ އިތުރުން އުތުރު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްވެސް ރޯޑް ޝޯ ބޭއްވުމަށްވެސް ވަނީ ރާވަފައެވެ. އެ ގޮތުން 24 އިން 25 ފެބްރުވަރީ އަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުއުމުތަކަށް ހާއްސަ ކުރެވިފައިވާ އިވެންޓު ކުރިއަށް ގެންދާނެއެވެ.

މި އިވެންޓް ގައި ދެކުނު އިރުމަތީ އޭޝިއާގެ މައިސް އާއި ކޯޕަރޭޓް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ބައްދަލުކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ރާއްޖޭގެ ބައިވެރިންނަށް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މި ރޯޑް ޝޯގައި ވިޒިޓް މޯލްޑިވްސް އާއި އެކު ފަތުރުވެރިކަމުގެ ދާއިރާގެ ހަތް ކުންފުނީން ބައިވެރިވެއެވެ.

މި ރޯޑްޝޯގައި ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅިފައިވާހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި އިޝްތިހާރުކުރާނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރުުމަށް ޑިޖިޓަލް އަދި އޮންލައިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ ޓްރިޕް އެޑްވައިޒާ އާއި އެކު ކުރިޔަށްދާ ކެމްޕެއިން ގައިވެސް ދެކުނު އިރުމަތީ އޭޝިއާގައި ބޮޑެތި މާކެޓިން
ހަރަކާތްތަކެއް ރާވާފައިވާކަމަށް ބުންޏެވެ.

comment ކޮމެންޓް