ހުޅުމީދޫގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު ހިންގަނީ

އައްޑޫ ސިޓީ، ހުޅުމީދޫ

ކޮވިޑްގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީގެ ހުޅުމީދޫގ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީގެ ހުޅުމީދޫގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ، މާދަމާ (24 ފެބްރުއަރީ)އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ހުޅުމީދޫގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކަކީ:

  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • ހުޅުދޫމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. (ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދުމަށް ދާންޖެހޭ ދިއުން ނުހިމެނޭ)
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.
  • ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން
    ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެ ހިދުމަތްތައް ދިނުން.
  • ފިހާރަތަކާއި ބޭންކު ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކާތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
  • ޔުނިވާސިޓީ، ކޮލެޖް އަދި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން (އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުން ނުހިމެނޭ)

ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފިޔަވަޅުތަކުން އިސްތިސްނާވާނީ ސިފައިން، ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލަންސް އަދި އައްޑޫ ސިޓީގެ ހުޅުދޫމީދޫ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ހުޅުމީދޫގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުގައި ކާފިއު ވަނީ އުވާލާފަ އެވެ. ހުޅުމީދޫއިން ނެގި ރެންޑަމް ދެ ސާމްޕަލްއާ ގުޅުންހުރި އިތުރު ހަ މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް