އެމްއައިބީގެ ހިއްސާގެ ފައިދާ ދޫކުރަން ފަށަނީ

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 2019 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ބަހަން ނިންމާފައިވާ ފައިދާ ބެހުމުގެ ހުއްދަ އެމްއެމްއޭ އިން ލިބިފައިވާ ކަމަށާއި ހިއްސާ ދާރުންނަށް ފައިދާ ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިބީ އިން ބުނެފިއެވެ.

އެމްއައިބީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިދިޔަ ޖުލައި 23 ވަނަ ދުވަހު ބާއްވާފައިވާއިރު ހިއްސާ ދާރުންނަށް ބަހަން ފާސްކޮށްފައިވަނީ ހިއްސާ އަކަށް 1.575 ރުފިޔާ އެވެ.

https://sun.mv/141972

އެމްއައިބީ އިން ބުނީ ބޭންކް ޑިޕޮސިޓް މެދުވެރިކޮށް ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާނެ ކަމަށާއި ހިއްސާދާރުން ފޯރުކޮށްދީފައިވާ އެކައުންޓުތަކަށް ފައިދާ ޖަމާކުރާނެ ކަމަށެވެ.

ބޭންކު ޑީޓެއިލްސް ބަދަލުކުރަން ބޭނުން ފަރާތްތަކަށް މާޗު ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެމްއައިބީ އިން ބުންޏެވެ. އެގޮތުން ޝެއާ ހޯލްޑާ އިންފޮމޭޝަން ފޯމު މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެމްއައިބީ އަށް ލިބުނު ފައިދާ އިން ހިއްސާގެ ފައިދާަ ބަހާނީ 2020 ޖުލައި ފަސްވަނަ ދުވަހުގެ ނިޔަލށް ބޭންކުގެ ހިއްސާދާރންގެ ގޮތުގައި ރެޖިސްޓްރީވެފައި ތިބި ފަރާތްތަކަށެވެ.

އެމްއައިބީގެ 36 ޕަސެންޓް ހިއްސާ އަކީ އިސްލާމިކް ކޯޕަރޭޝަންފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ހިއްސާ އެވެ. ސަރުކާރުގެ 28 ޕަސެންޓް ހިއްސާ އެމްއައިބީގައި އޮންނައިރު 10.53 ހިއްސާ އަކީ ޕެންޝަން އޮފީހުގެ ހިއްސާ އެވެ. އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އަދި އާންމުންގެ 20.47 ޕަސެންްޓް ހިއްސާ އެ ބޭންކުގައި އޮވެ އެވެ.

comment ކޮމެންޓް