އައްޑޫ މީދުއިން ނެގި ދެ ރެންޑަމް ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީ މީދޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މީދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޕޮޒިޓިވްވި ދެމީހުންނަކީ ވެސް އެއް ގެއެއްގެ ދެމީހުން ކަމަށެވެ.

އެއީ ގްރޭޑް 10ގައި ކިޔަވަމުންދާ އަންހެން ކުއްޖަކާއި އެ ކުއްޖާގެ ބައްޕަ އެވެ. އެކުއްޖާގެ ބައްޕައަކީ އެ ރަށު މުދިމެކެވެ.

"މިހާރު ބަލަން ޖެހޭ އިތުރު ކަންކަން ބަލައި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން މިދަނީ." އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމީދުއިން މީގެ ކުރިންވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވީ ނަމަވެސް، އެއީ ބިދޭސީންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމީދޫގައި އުޅޭ ބިދޭސީންގެ ތެރެއިން 26 މީހުން މިހާތަނަށް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ. މީދޫގެ ރައްޔިތަކު ކޮވިޑަށް ޕޮޒިޓިވްވި މިއީ ފުރަތަމަ ފަހަރަު" އޭނާ ވިދާޅުވި އެވެ.

މީދުއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހުޅުދޫގެ ރައްޔިތަކު އަދި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީދުއިން ޕޮޒިޓިވްވި ދެމީހުންނާއެކު އައްޑޫ ސިޓީއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 66އަށް ވަނީ އަރާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވްވި 20 ފޭދޫއިން ޕޮޒިޓިވްވި 14 މީހުންނާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމީދޫއިން ޕޮޒިޓިވްވި 28 މީހުންނެވެ.

comment ކޮމެންޓް