އަކްޝޭ ކުމާރުގެ ހަތަރު ފިލްމެއް މި އަހަރު ސިނަމާތަކަށް

އަކްޝޭ ކުމާރު--

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރުގެ ހަތަރު ފިލްމެއް މި އަހަރު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ރިލީޒްކުރާނީ އަކްޝޭ، ކެޓްރީނާ ކެއިފް، ރަންވީރު ސިންހް އަދި އަޖޭ ދޭވްގަން އެކުގައި ފެނިގެންދާ ފިލްމު "ސޫރިޔަވަންޝީ"އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހުގައެވެ.

ދެވަނަ އަަށް ރިލީޒްކުރާނީ "ބެލްބޮޓަމް"އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ މޭ މަހުގެ 28 ވަނަ ދުވަހު އެވެ. ސާރާ އަލީ ޚާން އާ އަކްޝޭ އެކުގައި ފެނިގެންދާ ފިލްމު "އަތުރަންގީ ރޭ" ރިލީޒްކުރާނީ އަންނަ އޯގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ދެން ރިލީޒްކުރާނީ ""ޕްރިތުވީރާޖް" އެވެ. އަކްޝޭ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާއިރު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ 2017 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު އެވެ. މި ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ.

އަކްޝޭގެ ހަތަރު ފިލްމާއެކު ބޮލީވުޑަށް އާ ދިރުމެއް ގެނެއްސި ކަމަށް ޓްރޭޑް އެނެލިސްޓް ތަރަން އާދަޝް ވަނީ ބުނެފައެވެ.

comment ކޮމެންޓް