އުދައްޔުގެ ހަށިގަނޑު ޕޯސްޕޯޓަމްއަށްފަހު ރާއްޖެ ގެނެސްފި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދިނުމުން މަރުވި އުދައްޔު

ގއ. މާމެންދޫގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށްފަހު، ރާއްޖެ ގެނެސްފި އެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ، މިމަހުގެ 15 ވަނަ ދުވަހު އެވެ.

މިއަދު ފުލުހުން ބުނީ، އޭނާގެ ހަށިގަނޑު މިހާރު ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަައެއް ނުކުރެ އެވެ.

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެއްސީ، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖުންނެވެ.

އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ޕޯސްޓުމޯޓަމްއިން ލިބިގެންދާނެތީ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ މާރާމާރީގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.

މާމެންދޫ މާރާމާރީއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް