ކިޓް އާއި ރޯޒް އަށް ލިބުނީ ފިރިހެން ކުއްޖެއް

ރޯޒް އާ ކިޓް، ދެމަފިރިންގެ ދަރިފުޅާއެކު: މިއީ އެދެމީހުން އަލަތު ދަރިފުޅު---

އެޗްބީއޯގެ މަގްބޫލް ސީރީސް "ގޭމް އޮފް ތްރޯންސް" އިން މަގުބޫލުކަން ހޯދި ދެ ތަރިން ކަމަށްވާ ކިޓް ހެރިންގްޓަން އާއި ރޯޒް ލެސްލީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އަލަތު ދަރިފުޅު ލިބެން އުޅޭކަން އެމީހުން ހާމަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ހެރިންގްޓަންގެ ޕަބްލިސިސްޓް މަރިއާނާ ބުނީ ރޯޒް ވިހައިފިކަމަށާއި އަދި ދެތަރިން ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.

ރޯޒް އާ ކިޓް ދަރިފުޅު ގޮވައިގެން މަގުމަތީގައި ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މިފަހުން ސޯޝަލް މީޑީއާގައި ވަނީ އާންމުވެފަ އެވެ.

އެ ދެތަރިން އެންމެ ފުރަތަމަ ދިމާވީ ވެސް ގޭމް އޮފް ތްރޯންސްގެ ސެޓުންނެވެ. ދެ މީހުންގެ ގުޅުން 2011 ވަނަ އަހަރު ފެށި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ތަރިން ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ.

comment ކޮމެންޓް