ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވޭ "އަމިއްލަ ޕޯސްޓްޕެއިޑް" ދިރާގުން ތައާރަފްކޮށްފި

ދިރާގުން ވަނީ އާ ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފު ކޮށްފައި

ދިރާގުން "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި އާ ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފުކޮށްފިއެވެ.

މި ޕްލޭނާއެކު ކަސްޓަމަރުންނަށް، ބޭނުން ގޮތަކަށް ޕްލޭން ކަސްޓަމައިޒް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރު އެވެ. މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެއެވެ.

ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސް: ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅަންހާއްސަ އައިޑީޑީ ވެލިއު ޕެކްސްވެސް ވަނީ ހިމަނާފައެވެ.

ދިރާގުން ބުނީ އަބަދުވެސް ދަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު މޮބައިލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކަސްޓަމުރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔާ ގާތުން ބަލަމުން ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ފަސޭހަކަމާއެކު އަމިއްލައަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕާސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް. އެގޮތުން މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް މިގެނައި އާ ފީޗާސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމާ ސެންޓަރަކަށް ޒިޔާރަތް ނުކޮށް، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލު ކޮށްލެވޭނެ،" ދިރާގު މެނޭޖަރު ކޮންސިއުމާ ޕޯސްޓްޕެއިޑް، އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވިއެވެ.

ދިރާގު ޕޯސްޓްޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ހޯމް ފައިބާ ބްރޯޑްބޭންޑް، ބިޒް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައިއެވެ.


ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޮޝަނަލް އޮފާ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3b5FxnV

ގުޅޭ ޓެގު
comment ކޮމެންޓް