އެކަނި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

އެކަނި ސްނޯކްލިންއަށް ދިޔަ އަންހެން ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 8:20 ހާއިރު އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަހްމަދު އާޒިމް ވިދާޅުވީ، އިންޓާކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

"މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް ރިޕޯޓު ލިބިފައިވޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް