ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ކުރިއަށް އޮތް ފިލްމު "ބްލައިންޑް"ގެ ޝޫޓިން ނިންމާލައިފި އެވެ.
ސްކޮޓްލޭންޑުގައި އެ ފިލްމުގެ މަންޒަރުތައް ނަގާ ނިންމާލި އިރު މި ފިލްމަކީ ސޯނަމް ލޯ އަނދިރި މީހެއްގެ ރޯލު ކުޅޭ ފިލްމެކެވެ. ސްކޮޓްލޭންޑުގެ ގަސްގްލޯ ގައި މިދިޔަ ޑިސެމްބަރު މަހު ފިލްމުގެ ޝޫޓިން ފެށިއިރު ޝޫޓިންތަކުގައި ސޯނަމްގެ ފިރިމީހާ އާނަންދު އަހޫޖާ ވެސް ބައިވެރިވި އެވެ.
ސީރިއަލްް ކިލާއެއް ހޯދުމަށް މަސައްކަތް ކުރާ ލޯފަން ފުލުސް މީހެއްގެ ރޯލުން ސޯނަމް މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ ޑައިރެކްޓަރު ޝޯމޭ މަކީޖާ އެވެ.
މި ފިލްމަކީ 2011 ވަނަ އަހަރު ނުކުތް ކޮރެއާ ފިލްމު "ބްލައިންޑް"ގެ ހިންދީ ރީމޭކެކެވެ. މި އަހަރު ތެރޭ ފިލްމު ރިލީޒްކުރަން ނިންމާފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ބަތަލާ ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ނުކުތް "ދަ ޒޯޔާ ފެކްޓާ" އިންނެވެ.
ބޮލީވުޑްގައި މާ ކާމިޔާބެއް ލިބިފައިނުވާ ސޯނަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2016 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "ނީރްޖާ"އެވެ.