"މިޝަން މަޖްނޫ"ގެ ޝޫޓިން ސިދާތު ފަށައިފި

ސިދާތު އާ ރަޝްމިކާ: މިދެތަރިންވެސް ވަނީ ފިލްމުގެ ޝޫޓިން ފަށާފައި---

މި މަހު ހަވަނަ ދުވަހު ޝޫޓިން ފެށި ފިލްމު "މިޝަން މަޖްނޫ"ގެ ކާސްޓާ ސިދާތް މަލްހަތްރާ ގުޅިއްޖެއެވެ.

ބޮލީވުޑްގެ އެކްޓަރު ސިދާތު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ސިދާތު އާއެކު އަންހެން ބަތަލާގެ ރޯލުން ފެނިގެންދާނީ ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބަތަލާ ރަޝްމިކާ މަންޑަނާއެވެ. މި ފިލްމުވެގެންދާނީ އޭނާ ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. މިހާރު މިދެތަރިންވެސް ވަނީ ފިލްމުގެ ޝޫޓިން ފަށާފައެވެ.

ފިލްމުގައި ސިދާތު ކުޅޭނީ ރޯ އެޖެންޓެއްގެ ރޯލެވެ. ތުރިލާ ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ އެ ފިލްމުގެ ޕޯސްޓަރުވެސް މިހާރު ދައްކާލައިފައިވާއިރު މިޝަން މަޖްނޫ އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާ ފިލްމެއްވެސްމެއެވެ. މި ފިލްމުގައި ފެނިގެންދާނީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ބަދަލުވާން ދިމާވި ހަގީގީ ސަބަބުތަކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝާންތަނޫ ބަގްޗީ ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް