ވެލިގާގެ "އާފެށުމަކަށް" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

ވެލިގާ އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަން ---

އާ އަހަރާ ދިމާކޮށް ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ކުރިޔަށް ގެންދިޔަ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެ ޕްރޮމޯޝަނުގެ ގުރު ނެގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ގުރުން ހޮވުނު ބ. ދަރަވަންދޫ، ސަބުނަމްގެ، ލަޔާގަތު އިދުރީސް އަށް 100،000 ރުފިޔާގެ ވައުޗަރު ހަވާލުކުރީ، އެ ކަމަށް ބޭއްވި ބައްދަލުވުމެއްގައި، ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު، އަބޫބަކުރު މުހައްމަދެވެ.

ވައުޗަރު ބޭނުން ކޮއްގެން ވެލިގާގެ ފިހާރަތަކުން ވައުޗާރުގެ އަދަދަށް ވިޔަފާރި ކުރެވޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.

ހަ ހަފްތާގެ މުއަދަތަށް ކުރިއަށް ދިޔަ އެ ޕްރޮމޯޝަނުންގެ ދަށުން ކުރި، ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި އިތުރަށް ކުރި ކޮންމެ ސަތޭކަ ރުފިޔާގެ ވިޔަފާރިޔަކަށް އިތުރު ކޫޕަނެއް ކަސްޓަމަރުންނަށް ވަނީ ދޫކޮށްފަ އެވެ. އަދި އެއްހާސް ރުފިޔާ އިން މަތީގެ ވިޔަފާރިކުރި ފަރާތްތަކަށް ނަސީބުގެ ބުރު އަނބުރާލައިގެން ވަގުތުން ވެސް ވަނީ އިނާމު ދީފަ އެވެ.

އެ ގޮތުން ކަށިގަނޑު ސެޓު، ޕަވާ ބޭންކް، އެކްޝަން ކެމެރާ، ނޯޓު ފޮތް ފަދަ އިނާމު ވަނީ ދީފަ އެވެ.

ވެލިގާ އަދި ބްލަންކްގެ ކަސްޓަމަރުންގެ ފަރާތުން އެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ވެލިގާ ހާޑްވެއާ އަދި ބްލަންކުން ފިހާރަތަކުން ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށް ވެލިގާ އިން ބުންޏެވެ.

comment ކޮމެންޓް