ބާގީ 4 ގައި ޓައިގާގެ ލޯބިވެރިއަކަށް ސާރާ

ބަތަލާ ސާރާ އާ ޓައިގާ ޝްރޮފް---

އަހްމަދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު "ބާގީ"ގެ ހަތަރުވަނަ ބައިގެ ބަތަލާ އަކީ ސާރާ އަލީ ޚާން ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި މިފަހަރު ޓައިގާގެ ލޯބިވެރިޔާގެ ރޯލު ސާރާ ކުޅޭއިރު މި ފިލްމުވެގެންދާނީ ސާރާ އާ ޓައިގާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ބޭނުންވެގެން ސާރާއަށް މި ފިލްމުން ފުރުސަތު ދިން އިރު މީގެ ކުރިން ސާޖިދު ބުނީ ބާގީ 4 އިން ފުރުސަތު ދޭނީ ޒުވާން ބަތަލާ އަކަށްކަމަށެވެ.

ބާގީ 3 ވެގެން ދިޔައީ އަހަރުގެ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާ ޓައިގާއެވެ. ދެވަނަ ފިލްމުގައި ފެނިގެންދިޔަީ ޓައިގާ އާ އޭނާގެ ލޯބިވެރިޔާ ދިޝާ ޕާޓްނީއެވެ. އަދި ތިން ވަނަ ބައިން ފެނިގެންދިޔައީ ޓައިގާ، ޝްރައްދާ، އަންކިތާ ލޯކަންޑޭ އަދި ރިތޭޝް އެވެ.

މި ފިލްމުގެ ޝޫޓިން ފެށޭނީ "ހީރޯޕަންތީ 2" ގެ ޝޫޓިން ޓައިގާ ނިންމާލުމުންނެވެ.

comment ކޮމެންޓް