ޕްރިޔަންކާ ކުރިން ދިރިއުޅުނު ގެ ޖެކަލީން ގަނެފި

ބަތަލާ ޖެކަލީން ފާނަންޑޭޒް---

ކާމިޔާބު އެކްޓަރު ޕްރިޔަންކާ ޗޯޕްރާ ކުރިން ދިރިއުޅުނު ގެ ބަތަލާ ޖެކަލީން ފާނަންޑޭޒް ގަނެފިއެވެ.

ޕްރިޔަންކާ އެގޭގައި ދިރިއުޅުނީ މީގެ ތިން އަހަރުކުރިން އޭނާގެ ފިރިމީހާ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނިކުރި އިރުގައެވެ. މިހާރު އެގެ ގަނެފައިވަނީ ޖެކަލީން އެވެ. ޖުހޫގައި ހުރި އެ ގެއަކީ ހަތް ކުރޯޑަށް ޖެކަލީން ގަތް ގެއެކެވެ. ކަރްމާ ޔޮގް ގެ ނަމުން ނަންދީފައިވާ އެ ގެއަށް ޖެކަލީން މިހާރު ވަނީ ބަދަލުވެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ޕްރިޔަންކާ އާ އޭނާގެ ފިރިމީހާ ނިކް ވަނީ ލޮސް އޭންޖަލަސް އިން 20 މިލިއަން ދިނުމަށްފަހު ބޮޑު މެންޝަނެއް ގަނެފައެވެ.

ބޮލީވުޑްގެ ބަތަލާ ޖެކަލީން އެންމެ ފަހުން ފެނިގެންދިޔައީ ޝިރިޝް ކުންދަރުގެ "މިސިޒް ސީރިއަލް ކިލާ" އިންނެވެ. ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ"، "ބޫތު ޕޮލިސް" އަދި "ސާކަސް" ހިމެނެއެވެ.

comment ކޮމެންޓް