އެކައުންޓިން ދާއިރާގެ ފުރުސަތުތަކާ ގުޅޭ ވެބިނާއެއް ދަރިވަރުންނަށް ބާއްވަނީ

ވެބިނާގައި ވާހަކަ ދައްކަވާ ބޭފުޅުން--

އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ފަރާތުން އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް އަމާޒުކޮށް ހާއްސަ ކެރިއަރ ގައިޑެންސް ވެބިނާރއެއް ބާއްވަން ނިންމައިފިއެވެ.

މިއީ ޕަބްލިކް އަދި ޕްރައިވެޓް އެކައުންޓިންގް ދާއިރާއިން ކުރިޔަށް ދިޔުމުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ގޮތުން ބާއްވާ ވެބިނާއެއްކަމަށްވެސް ސީއޭ މޯލްޑިވްސްއިން ބުންޏެވެ.

އެ ވެބިނަރގައި މައުލޫމާތު ދެއްވާނީ އެކައުންޓިންގް ދާއިރާއިން ފާހަގަކޮށްލެވޭ ފުންނާބު އުސްބޭފުޅުން ކަމަށް ސީއޭ މޯލްޑިވްސްއިން ބުންޏެވެ. އެގޮތުން އެބޭފުޅުންނަށް މި ދާއިރާއިން ލިބިފައިހުރި ތަޖުރިބާއާއި، ކުރިޔަށް ދިއުމުގައި ދިމާވި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަނެ ކާމިޔާބީތައް ޙާސިލްކުރި ގޮތުގެ މައުލޫމާތުތައް ހިއްސާކުރާނެކަމަށް ބުންޏެވެ.

އެ ކެރިއަރ ގައިޑެންސް ޕްރޮގުރާމް ކުރިޔަށް ގެންދަނީ ރާއްޖޭގެ ހުރިހާ ސުކޫލުތައް 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެ ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވަނީ އޮންލައިންކޮށް ޒޫމް ޕްލެޓްފޯރމް މެދުވެރިކޮށެވެ.

comment ކޮމެންޓް