އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ހަބީބު

މާޗް 17، 2020: އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްއަކަށް ހަމަޖެއްސި ހަބީބު (ކ) އާއި އެ މަގާމުގައި ކުރިން ހުންނެވި އެ ކޮމިޝަންގެ ކުރީގެ މެންބަރު އަކުރަމް މީގެ ކުރިން މަޖިލީހުގެ ކޮމިޓީ ޖަލްސާއެއްގައި ކަމަކާ މަޝްވަރާ ކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު މިއަދު އިންތިހާބު ކޮށްފި އެވެ.

އެ މަގާމަށް ހަބީބު އިންތިހާބުކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ 623 ވަނަ އާންމު ޖަލްސާގަ އެވެ.

އީސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަކްރަމް މެންބަރު ކަމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އިން ބަލައި، އޭނާގެ އިތުބާރު ނެތްކަމަށް ކޮމެޓީ އިން ފާސްކޮށްފައިވަނިކޮށެވެ.

comment ކޮމެންޓް