ޓީޗަރުން ކަރަންޓީންވިޔަސް، ކިޔެވުން ކުރިއަށް ދާނެ: އެޑިއުކޭޝަން

މާލޭ ސްކޫލެއްގެ ދަރިވަރުންތަކެއް ކްލާހުގައި -- ސަން ފައިލް ނފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ޓީޗަރުން ކަރަންޓިންވިޔަސް، ދަރިވަރުންގެ ކިޔެވުން ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން ކޮންޓެކްވެގެން ބައެއް ސްކޫލްތަކުގެ ޓީޗަރުން ވަނީ ކަރަންޓިންވާން ޖެހިފައެވެ. އެގޮތުން ޣާޒީ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ ބައެއް ޓީޗަރުން ވަނީ ކަރަންޓިންކޮށްފަަ އެވެ.

އެޑިއުކޭޗަން މިނިސްޓްރިގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ، އެ ސްކޫލުތަކުގެ ޓީޗަރުން ކަރަންޓީނަށް ދާން ޖެހުނު ނަމަވެސް ދަރިވަރިންގެ ކިޔެވުމަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

"ދަރިވަރުންގެ ކިޔެވުމަށް އެއްވެެސް ބުރުލެއް ނާންނަ ގޮތަށް ކަންކަން ރޭވިގެން މެނޭޖް ކުރެވެމުން ދަނީ،" އަޒްދާ ވިދާޅުވި އެވެ.

ޣާޒީ ސްކޫލްގެ ޓީޗަރަކު އިއްޔެ ޕޮޒިޓިވްގެެން 12 ޓީޗަރަކު ވަނީ ކަރަންޓިންކޮށްފަ އެވެ. އެއީ އިއްޔެއާ ހަމައަށް ކޮންޓެކްތް ޓްރޭސިންއިން ދެނެގަނެވުނު މީހުންންނެވެ. އެ ނަމްބަރު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނެއްގެ ބިދޭސީ ޓީޗަރަކު ޕޮޒިޓިވްވެގެން އެ ސްކޫލުގެވެސް ބައެއް ޓީޗަރުން ވަނީ ކަރަންޓީންކޮށްފަ އެވެ. އެ ޓީޗަރާ އެއްވެސް ދަރިވަރަކާ ކޮންޓެކް ނުވާކަމަށް އެޑިކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކުވެސް މިދިޔަ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭއިން ބުނިގޮތުގައި އެދަރިވަރުން ސްކޫލަށް ހާޒިރުވެފައި ނުވާތިވެ، އެ ސްކޫލުގެ އެއްވެސް މުވައްޒަފަކު އަދި ދަރިވަރަކުވެސް އެ ކޭސްތަކާ ގުޅިގެން ކަރަންޓީންކޮށްފައި ނުވާ ކަމަށެވެ.

comment ކޮމެންޓް