ސީއެމްޑީއޭގެ ޗެއާޕާސަން ކަމަށް ޒާހިރާ

އެމްއެމްއޭގެ 38 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޒާހިރާ (ކ) އާ ހަނދާނީ ފިލައެއް ހަވާލުކުރަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއާޕާސަންގެ މަގާމަށް ހ.ސަނޯރާމާ އާއިޝަތު ޒާހިރާ އައްޔަނު ކުރައްވައިފިއެވެ.

މާލީ ސެކިޔުރިޓީސް އާ ބެހޭ ގާނޫނުގެ ދަށުން، ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑު އައްޔަނު ކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޒާހިރާއަކީ 31 އަހަރު ދުވަހު މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ. އެންމެ ފަހުން ޑެޕިއުޓީ ގަވަރުނަރުކަމުގައި ހުންނެވި ޒާހިރާ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ރިޓަޔާކުރައްވާފައެވެ.

ޗެއާޕާސަން ޒާހިރާ އާއެކު ދެން ސީއެމްޑީއޭގެ ބޯޑުގައި މިވަގުތު ހިމެނިވަޑައިގަންނަވަނީ:

  1. އައިޝަތު ނާދިޔާ، ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު /މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
  2. އަޙްމަދު ސިރާޖް ،ސެކްރެޓަރީ ޖެނެރަލް / ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، މިނިސްޓްރީ އޮފް ފިނޭންސް
  3. މަރިޔަމް ވިސާމް، ރެޖިސްޓްރާ އޮފް ކޮމްޕެނީސް / މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
  4. ފާތިމަތު ޝަފްނީޒް، ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ ފަރާތެއް
  5. ރިފާއަތު ޖަލީލް، ޕްރައިވެޓް ސެކްޓަާ ތަމްސީލު ކުރައްވާ ފަރާތެއް

ސީއެމްޑީއޭއަށް ޗެއާއެއް އައްޔަނުކުރި އިރު، އެތަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރުު (ސީއީއޯ)ގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.

comment ކޮމެންޓް