ގަނޑުކުރި ކާބޯތަކެތި ސިއްހަތަށް ގެއްލުންވާގޮތަށް އެބަ ވިއްކާ: އެމްއެފްޑީއޭ

ފިނިކޮށްފައި ހުރި މަސްތަކެއް ވިއްކަނީ -- ސަންފޮޓޯ/ އަލީ ނަސީރު

ފިހާރަތަކުގައި ވިއްކާ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ބަހަައްޓަންޖެހޭ މިންވަރުގައި ނުބަހައްޓާކަން ފާހަގަކުރެވޭ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީ އިން ބުނީ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާ ފިހާރަތައް އެ އޮތޯރިޓީން އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަހުލީލުކޮށް ބެލި ބެލުމުގައި އެފަދަ އުފެއްދުންތަކުގެ ފިނިހޫނުމިން ބަހައްޓަންޖެހޭ މިންގަނޑުގައި ބަހައްޓާފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމަށާއި އޭގެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ އޭގެ ފެންވަރާއި ރައްކާތެރިކަން ގެއްލޭނެ ކަމަށެވެ.

މިއީ އާއްމު ސިއްހަތަށް ނުރައްކާވާނެ ކަމެއް ކަމުން އެފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމުގައި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އެ އޮތޯރިޓީ އިން ވަނީ އަންގައިފަ އެވެ.

ފުޑްް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން 18- ޑިގްރީ ސެލްސިއަސް އަށްވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 5-0 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ބެހެއްޓުމަށް އަންގާ ކަމަށެވެ.

comment ކޮމެންޓް